މިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމް
4 އޯގަސްޓު 2026 - 10:07

މި ސަރުކާރުގެ އަމާޒަކީ ރަނގަޅު މަޝްރޫއުތައް ފަށައިގެން ގެންދިއުން ކަމަށާއި، މިއަހަރުގެ ތެރޭ ނުވަތަ ރޯދަ މަހުގެ ކުރިން އިތުރު 20 މިސްކިތެއް ހުޅުވިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރަކް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ވަނީ މި ސަރުކާރު އައި ފަހުން މިހާތަނަށް ކިތައް މިސްކިއް ނިންމާ ބޭނުން ކުރަން ފެށިއްޖެ ކަމަށާއި،އަދި މިހާރު ކިތައް މިސްކިތުގެ އަމަލީ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވަޒީރު އަށް ސުވާލުކުރައްވާާފައެވެ.

Ad by Hajj Corporation
މެމްބަރު ހުސްނީ ގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ވޭތުވެ ދިޔަ ދުވަސް ތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވަރަށް ގިނަ މަޝްރޫއު ތަކެއް ފައްޓަވާފައި ކަމަށާއި، އެގޮތުން އެ ވުޒާރާއިން މިހާޜު 81 މަޝްރޫއުއަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ ކަމަށްށެވެ. އޭގެތެރޭގައި އިސްލާމީ މަރުކަޒުތަކާއި ،މިސްކިތްތަކުގެ އިތުރުން ވަޤުފް ބިނާތަށް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެތާރީހުގައި ވެސް އިސްލާމީ އެންމެ ގިނަ މަޝްރޫއުތަށް ތަންފީޒުކުރަމުން ދާ މުއްދަތޭ މީ.މިކަމަށްޓަކާ އަޅުގަނޑޔ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށްށާއި އަދި ޕީއެންސީގެ ލީޑަރޝިޕަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ވަޒީރު ޝަހީމް
ވަޒީރު ވިދާޅުވީ ހަނގުރާމައާ އަދި އިޤްތިސާދީ ދަތިކަމާ ގުޅިގެން މަޝްރޫއުތަކަށް ކުރިމަތިވާ ވަރަށް ގިނަ ގޮންޖެހުންތަށް އެބަހުރިކަމަށާއި، އެހެންނަމަވެސް އެ ގޮންޖެހުންތަށް ހުރަސްކޮށް މަޝްރޫއުތަށް ނިންމަން މަސައްކަތް ކުރަމުން ދާކަމަށެވެ.
ވަޒީރު ވިދާޅުވީ މާލޭގައި ހުރި ވަގުތީ މިސްކިއްތައް ނައްތާލާނެ ކަމަށާއި،އަދި މިއަހަރުގެ ތެރޭގައި ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދާއިމީ މިސްކިތްތައް ޤާއިމްކުރެވިގެން ދާނެކަމަށެވެ.


