logo
Bank of Maldives

Bank of Maldives

ޚަބަރު

އެލްޖީއޭގެ ބޯޑަށް 2 މެންބަރަކަށް ރުހުން ހޯދަނީ

އަޙުމަދު ރިޝާން
10 އޯގަސްޓު 2026 - 08:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މަގާމަށް ބޭފުޅުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.

އެލްޖީއޭގެ ބޯޑުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. އެ ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ދާއިރާއެއްގެ ބޭފުޅުންގެ ނަންތައް ވަނީ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ޖެންޑަރ އިކުއަލިޓީގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ ގދ. ގައްދޫ ތިބުރޯޒުގެ، އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު ރަތްވިލާގެ، މުޙައްމަދު އާރިފްގެ ނަންފުޅެވެ.

މި ދެ ދާއިރާގެ އިތުރުން މަދަނީ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޢައްޔަންކުރައްވާ ބޭފުޅެއްގެ މަޤާމަށް ކުރިމަތިލާންވެސް ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި، ވަޒީރުންނާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނެ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭގެ ބޯޑަށް 2 މެންބަރަކަށް ރުހުން ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންއައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަންކުރުމަށް ރުހުންދީޚަބަރު | 5 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 6 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީޚަބަރު | 6 ދުވަސް ކުރިން