logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހު

އަޙުމަދު ރިޝާން
10 އޯގަސްޓު 2026 - 14:06
ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހު

ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް، މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުން ހުށަހެޅުއްވި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބޭއްވި ބަހުސްގެ ތެރެއިން ހޫނު އުފެދި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ އަޑުގަދަ ކުރައްވަވާފަ އެވެ.

މި ބަހުސްގެ ވަގުތުގައި މެންބަރު މައުރޫފު އަޑުގަދަކުރެއްވުމާ ގުޅިގެން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަޙްމަދު ސަލީމް ވަނީ އެމަނިކުފާނަށް ނަސޭހަތްދެއްވާފަ އެވެ.

ކެންދޫ ދާއިރާ މެމްބަރު ވިދާޅުވީ މިއީ މެންބަރު ހަންނާނު ލައްވައި ސަރުކާރުން ސިއްރިޔާތުގައި ހުށަހެޅުއްވި ބިލެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު "ފުނޑާލުމަށް" ހުށަހެޅި ބިލެއް ކަމަށް ސިފަކުރައްވައި، އެ ބިލު އަނބުރާ ގެންދަންވަނީ ގޮވާލައްވާފަ އެވެ.

މި މައްސަލާގައި ވާހަކަދައްކަވަމުން މައްޗަށް ގޯޅި އުތުރުދާއިރާ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އަމިއްލަ މެންބަރުންނަށް ވެސް ބިލު ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި، މަޖިލީހުގައި މައިނޯރިޓީގެ ހިޔާލަށް އިހުތިރާމްކުރަން އެނގެންޖެހޭނެ ކަމަށެވެ.

ކައުންސިލްތަކުގެ ބާރުތައް ހަނިވެދާނެ ކަމަށް ބުނެ ހުށަހަޅާފައިވާ މި އިސްލާހާ ދެކޮޅަށް މިހާރު ވަނީ އޮންލައިން ޕެޓިޝަނެއް ވެސް ފަށާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހުޚަބަރު | ގަޑިއިރެއް ކުރިންފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފިޚަބަރު | 2 ގަޑިއިރު ކުރިންވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފިޚަބަރު | 6 ގަޑިއިރު ކުރިންއެލްޖީއޭގެ ބޯޑަށް 2 މެންބަރަކަށް ރުހުން ހޯދަނީޚަބަރު | 7 ގަޑިއިރު ކުރިން