logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފި

އަޙުމަދު ރިޝާން
10 އޯގަސްޓު 2026 - 13:39
ފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފި

 

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އައު ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް 57 މެންބަރުންގެ ވޯޓު ލިބިފައިވާއިރު، މި ބިލު އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް

މި އައު ބިލުގެ މައިގަނޑު މަޤުޞަދަކީ މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކުރުމާއި ވަރުވާއަށް ދިނުމުގެ އުސޫލުތައް ހަރުދަނާކޮށް ޒަމާނީ ކުރުމެވެ. އެގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ކުރިއެކޭ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިރު، ފަތުރުވެރިކަމާއި ސިނާޢީ ބޭނުންތަކަށް ކަނޑައަޅާ ރަށްތައް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ބިލުގައިވާ ގޮތުން، އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާގޮތަށް ހަމަޖެއްސޭނެ އެވެ. އަދި ވަރުވާއަށް ދޫކުރެވޭނީ ވަކި ބޭނުމަކަށް ހާއްސަކޮށްފައިނުވާ ރަށްތަކެއް ކަމަށާއި، ވަރުވާއަށް ދޫކުރާ މުއްދަތަކީ ގިނަވެގެން 5 އަހަރު ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ ފަސްލައްކަ ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ހިންގައިފިނަމަ އެއް މިލިޔަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހުޚަބަރު | ގަޑިއިރެއް ކުރިންފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފިޚަބަރު | ގަޑިއިރެއް ކުރިންވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފިޚަބަރު | 5 ގަޑިއިރު ކުރިންއެލްޖީއޭގެ ބޯޑަށް 2 މެންބަރަކަށް ރުހުން ހޯދަނީޚަބަރު | 7 ގަޑިއިރު ކުރިން