logo
Bank of Maldives

Bank of Maldives

ޚަބަރު

މިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެން

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2026 - 18:26
މިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެން

އެމްޑީޕީން ވަޒީފާއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޝުޖާއު މި ރައްދު ދެއްވީ އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ނުފޫޒުން މީހުންނަށް ދީފައިވާ އަނިޔާތަކުގެ މިސާލުތަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު ވިދާޅުވީ ހއ. އުތީމު، ވައިޖެހޭގޭ، އަބްދުލް ލަތީފް އިބްރާހީމަކީ އެ ދާއިރާގެ ޕީއެންސީގެ ރައީސް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އުތީމު ޣާޒީ ބަންޑާރައިންގެ މިސްކިތު އިމާމަކަށް ކުރިމަތިލުމުން، އިންޓަވިއު މަރުހަލާ ނިމި ޝަރުތު ފުރިހަމަވީ ނަމަވެސް، އޭނާއަކީ ޕީޕީއެމް/ޕީއެންސީގެ ރަށު ރައީސް ކަމަށްވާތީ ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ވެރިކަން ބަދަލުވަންދެން ވަޒީފާ ނުދީ ހިފެހެއްޓި ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، "ރައީސް މުހައްމަދު ނަޝީދު އޭރު އިންނެވީ ތާކިހާ އަޅުއްވައިގެން އެމްޑީޕީގެ ވެރިކަން ދިފާއު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި" ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ދާއިރާ ރައީސުންނަށް ކޯފާ އިސްކުރައްވައި ބަސްވިދާޅުވާނެ ކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީން މުޒާހަރާ ކުރަން ނުކުންނަން އުޅުނަސް، އެކަމަށް ނުކުންނާނެ މީހުންގެ ލިސްޓެއް ނާންނާނެ ކަމަށެވެ. އަދި ދާއިރާތަކުގެ ރައީސުންނަށް އެނގޭނީ އެމީހުންގެ ނުފޫޒުން އެމްޑީޕީ ވެރިކަމުގައި ވަޒީފާތަކުން ވަކިކުރި މީހުންގެ ވާހަކަ ކަމަށާއި، މިއަދު މުޒާހަރާއަށް ނުކުންނަ ތަނުން އެމްޑީޕީން ވަޒީފާއިން ވަކިކުރި ޗިޓްތައް ހިފައިގެން މީހުން ނުކުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަޝިޕަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ އެ ބޭފުޅުން އަދި ތިއުޅުއްވަނީ "ހަނީމޫން" ދުވަސްކޮޅެއްގައި ކަމަށާއި، މި ދުވަސްވަރު އުޅުއްވަން ބޭނުންފުޅުވާނީވެސް ހަނދުގައިކަން އެނގޭ ކަމަށެވެ. މި ވާހަކަތަކަކީ މިހާރު ސިޔާސީ މަސްރަހުގައި ވަޒީފާތަކާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް ދެއްވި ވަރުގަދަ ރައްދެކެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 2 ގަޑިއިރު ކުރިން ފީނިފީންޏަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތް ފެށީ އެމްޑީޕީން ބާރުވެރިކަން ހޯދަން: ޝުޖާއުޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަނީޚަބަރު | 3 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 4 ދުވަސް ކުރިން