logoEN
ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

07 ނޮވެމްބަރު 2024 - 14:30

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާގެ އެވޯޑްއަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އަދި އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެ އެވޯޑްތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder