logo
E-Platinum
ޚަބަރު

އެމްޑީޕީ ސަރުކާރުގައި ގްރާންޓް ނުވެސް ދޭ: މެމްބަރު ޝުޖާއު

އާމިނަތު ޝަފާ
8 ނޮވެމްބަރު 2024 - 06:02
އެމްޑީޕީ ސަރުކާރުގައި ގްރާންޓް ނުވެސް ދޭ: މެމްބަރު ޝުޖާއު

އެމްޑީޕީގެ ވެރިކަމުގައި ގާނުނުން ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅިފައިވާ ބްލޮކް ގްރާންޓުގެ ފައިސާ ދީފައިނުވާކަމަށާއި ހޯދަންޖެހެނީވެސް ގަދަކަމުންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސައްލާގައި 2025 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ކައުންސިލްތައް ފުނޑާލަން ހުށަހަޅާފައިވާ ބަޖެޓެއްކަމަށް އިދުކޮޅު ފަރާތްތަކުން ތުހުމަތު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ގާނުނު ގައި އޮންނަ މިންވަރަށް ކައުންސިލްތަކަށް މި ސަރުކާރުންވެސް ފައިސާ ދޭނެކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރާ ބަޖެޓަކީ މިއީކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

" ރައީސް މުއިއްޒާއެކު ކައުންސިލްގައި ހޭދަކުރެވުނު ދުވަސްކޮޅުގައި އެ ފައިސާދޭށޭ ކިޔައިގެން މިޖެހެނީ އާދޭސްުރަން. އެ ނުވެސް ދޭ. ދޭ ފަހަރަކުވެސް ދޭނީ ފިނޭންސް މިިނިސްޓަރު ކައިރިއަށް ގޮސް ސަލާންޖެހީމައި. އެކަމަކު މިއީ އާދޭސްކޮށްގެން ހޯދަންޖެހޭ އެއްޗެއްނޫނޭ."

މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހުގެނައުމަށް ފޮނުއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި: މެންބަރު ޝުޖާއުޚަބަރު | މަހެއް ކުރިންޑްރަގް ހުއްޓުވުމުގެ ހެޔޮނިޔަތް މިހާތަނަށް އޮތް ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު: ޝުޖާއުޚަބަރު | 8 މަސް ކުރިންއެމްޑީޕީ ސަރުކާރުގައި ގްރާންޓް ނުވެސް ދޭ: މެމްބަރު ޝުޖާއު ޚަބަރު | 9 މަސް ކުރިން