logo
Bank of Maldives

Bank of Maldives

ޚަބަރު

5 ސްޓާރ ޓްރެއިނިންގް ރިސޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
9 ނޮވެމްބަރު 2024 - 06:42
5 ސްޓާރ ޓްރެއިނިންގް ރިސޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ލ. ހުޅިމެންދޫގައި ފަސްތަރީގެ ޓްރެއިނިންގް ރިސޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަދި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ވައިސް ޗާންސެލަރް ޑރ ޝެހެނާޒް އާދަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވިދާޅުވީ، މިހާތަނަށް ޒުވާން މަސަތްކަތްތެރިންނަށް މި ސިނާއަތުގެ ތައުލީމް އުންގެނޭނެގޮތެއް ފަހިކޮށްދީފައި ނުވާކަމަށެވެ. އަދި ވީހާވެސް އަވަހަށް އެމް.އެން.ޔޫ އާއެކު މި މަޝްރޫކުރިޔަށް ގެންދަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ، މި ހިސާބަށް މި ސިނާޔަށް އައި އިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސަތްކަތްކުރާ މަސަތްކަތްތެރިންނަށް، އަދި ދިވެހި ޒުވާނުންނަށް، މި އިންޑަސްޓްރީގެ ތައުލީމް އުނގެނުމުގެ ފުރުސަތުފަހިވެފައި ނެތުން.

މީގެ އިތުރުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރް ޑރ ޝެހެނާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، މި ކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރެވޭނެ ގާބިލްކަން ލިބޭނެކަމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މަރުކަޒަށް ދަރިވަރުންނާ ދިރާސާކުރާ ފަރާތްތައް އަންނާނެކަމަށްވެސް ބެލެވެއެވެ.

ފަސްތަރީގެ ޓްރެއިނިންގް ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައ ޤައުމީ ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެއް ފަށަނީޚަބަރު | 2 މަސް ކުރިންއެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 2 މަސް ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން10 ގައުމެއްގެ 20 އަށްވުރެ ގިނަ ދަރިވަރުން އެމް.އެން.ޔޫގައި ތައުލީމު ހާސިލްކުރޭޚަބަރު | 3 މަސް ކުރިން