logo
Bank of Maldives

Bank of Maldives

ޚަބަރު

އެންޑީއޭގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާ ކުރަނީ

އަޙްމަދު ޒަލީފް
10 ނޮވެމްބަރު 2024 - 15:35
އެންޑީއޭގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާ ކުރަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެންޑީއޭއިން ދޭ ޑިޓޮކްސިފިކޭޝަން ފަރުވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސިއްޙީ ވުޒާރާއިން މިކަމަށް އެއްބާރުލުންދޭނެކަމަށް ވިދާޅުވެފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވީ މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭކަމެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށާނެކަމަށެވެ. އަދި ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް ލުބްނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވީ ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއް ނަމަވެސް އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް ކަމަށެވެ. މިބޭހަކީ ފަރުވާ ނަގަމުން އަންނަ މީހާއަށް އެ އަންނަ ވޭނާއި އުނދަގޫ ކަނޑުވައިދޭ ބޭހެއް ކަމަށްވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 4 މަސް ކުރިންމަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއްޚަބަރު | 5 މަސް ކުރިންޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ ޚަބަރު | 5 މަސް ކުރިންފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 7 މަސް ކުރިން