logo
ޚަބަރު

ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
19 ފެބްރުއަރީ 2025 - 11:47
ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައި ވަނީ މިއަދު ބޭއްވި އެންޑީއޭގެ ބޯޑުގެ 28ވަނަ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޑީއޭއިން ބުނި ގޮތުގައި ބޯޑުގެ 28ވަނަ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން މިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން، މުރާޖަޢާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެންޑީއޭ އިން މައުލޫމާތުދެއެވެ.

އަދި މީގެ އިތުރުން ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖަޢާ ކޮމިޓީއަށް ވަނީ އަންގާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި ވަގުތު އެންޑީއޭއިން ކުރަމުން އަންނައިރު އެ އެޖެންސީ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް މިހާރު ވަނީ ވައްދާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ ޢަމާޒުކުރަނީ، މަސްތުގެ ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށެވެ. އެގޮތުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދަނީ ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 4 މަސް ކުރިންމަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއްޚަބަރު | 5 މަސް ކުރިންޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ ޚަބަރު | 5 މަސް ކުރިންފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 7 މަސް ކުރިން