logo
Bank of Maldives

Bank of Maldives

ޚަބަރު

ޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ

އަޙްމަދު ޒަލީފް
15 އޭޕްރީލު 2025 - 17:10
ޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އެންޑީއޭގެ ގިނަ މަސައްކަތްތަކެއް ގްރީންގެ އިމާރާތުގައި ކުރަމުން އަންނައިރު އެއިމާރާތަކީ އެމަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫންކަމަށެވެ. އެގޮތުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރު އިމާރާތެއް އެންޑީއޭއަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ހުރި ކަމަށެވެ.

"މިތަން ހަދަންޖެހޭނެ ކަމަށް ޤަބޫލުކުރަނީ. ބަޔަކާ ގުޅިގެން ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަ ނުވެ މިތަން ހެދޭތޯ މަސައްކަތްކުރާނަން." ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ އެންޑީއޭ މިހާރު ހިންގަމުންދާ އިމާރާތަކީ ގިނަ ދުވަސްވެ، ބައުވެފައިވާ އިމާރާތެއް ކަމަށެވެ. އަދި މިއިމާރާތަކީ މަސްތުވާތަކެއްޗާ ގުޅޭ އެކި ޚިދުމަތްތަކާއި ފަރުވާދެމުން އަންނަ އިމާރާތަށްވާއިރު ތަނަވަސްކަމާއެކު މިޚިދުމަތްދެވޭނެ ޖާގަ އެއިމާރާތުގައި ނެތްކަން ލުބްނާ ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | 9 ދުވަސް ކުރިންމިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | މަހެއް ކުރިންއައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައިވެސް ފަށައިފިޚަބަރު | މަހެއް ކުރިންގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 4 މަސް ކުރިން