logo
MPL

MPL

ޚަބަރު

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ

އާމިނަތު ޝަފާ
11 ނޮވެމްބަރު 2024 - 04:34
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ވިދާލުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށާއި މަރުކަޒުގެ ކަންކަމަށް ރައީސް ޚާއްޞަ ސަމާލު ކަމެއް ދެއްވާކަމަށެވެ. މަރުކަޒުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރާނެކަމަށާއި އަދި މި ސަރުކާރުން ރައްކާތެރިކަމާއެކު މަރުކަޒު ބަލަހައްޓާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުވަނީ ރާއްޖޭގެ ރައްޔިތުން ލޯބިވާ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބުގައި އިސްލާމީ ތަރުބިޔަތާއި ތަޢުލީމާއި ތަމްރީނުގެ މަރުކަޒެއް ބިނާކޮށްދެއްވީތީ ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމްއަށް ޙައްޤު ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުނީ މިއަދުއެވެ. އިސްލާމީ މަރުކަޒު ތަރައްޤީކޮށް ހުޅުވާފައިވަނީ 11 ނޮވެންބަރު 1984 ވަނަ އަހަރުގައެވެ. މި މަރުކަޒު ބިނާ ކުރުމަށްޓަކައި އިސްލާމީ އެކި ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވެއެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 17 ދުވަސް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 23 ދުވަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 2 މަސް ކުރިން