logo
E-Platinum
ދުނިޔެ

ޝައިޙް ޙަސީނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
11 ނޮވެމްބަރު 2024 - 05:14
ޝައިޙް ޙަސީނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާ އަނބުރާ ގައުމަށް ގެންދިއުމަށް އިންޓަޕޮލްގެ އެހީތެރިކަން ހޯދާނެ ކަމަށް އެ ގައުމުގެ ވަގުތީ ސަރުކާރުން ބުނެފިއެވެ.

އުމުރުން 77 އަހަރުގެ ހަސީނާ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި، 700 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނެ ކަމަށްއަވާމީ ލީގުގެ ވެރިޔާ އާއި އެކަމަނާގެ ޕާޓީގެ ލީޑަރުންގެ މައްޗަށް ތުހުމަތުކުރުމުންނެވެ.

މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ އިންތިގާލީ ސަރުކާރުން ބުނީ މުޒާހަރާތަކުގައި 753 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ޖަރީމާތަކުގެ 60 އަށް ވުރެ ގިނަ ޝަކުވާ ހަސީނާ އާއި އޭނާގެ އަވާމީ ލީގުގެ ލީޑަރުންނާ ދެކޮޅަށް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލާއި ޕްރޮސެކިއުޝަން ޓީމަށް އޮކްޓޯބަރު މަހުގެ މެދުތެރޭގައި ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފއިވެއެވެ.

މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ދައުވާ އިއްވަން ހަސީނާ ހާޒިރުވާން އަންގާފައިވާއިރު އެކަމަނާ އެންމެ ފަހުން ފެނިފައިވަނީ ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވާން ފެށުމާ އެކު ހެލިކޮޕްޓަރުގައި ފިއްލަވަނިކޮށެވެ. ވަޑައިގަތީ އިންޑިއާއަށް ކަމަށް ވެސް މީޑިއާތަކުން އޭރު ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި ރެޑް ނޯޓިހަކީ ބައިނަލްއަގުވާމީ ހައްޔަރުކުރުމުގެ އަމުރެއްގެ ބަދަލުގައި އެކްސްޓްރެޑިޝަން، ހަވާލުވުން ނުވަތަ އެއާ އަޅާކިޔާ ގާނޫނީ ފިޔަވަޅެއް އަޅަންދެން ފަރުދެއް ހޯދައި ވަގުތީ ގޮތުން ބަންދުކުރުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި އެދޭ އެދުމެކެވެ.

ޙަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝްގެ ކޯޓުން ވެސް މިދިޔަ މަހު ވަނީ އަމުރު ނެރެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި ޚަބަރު | ދުވަހެއް ކުރިންމުޒާހަރާގެ ބައިވެރިން މަރަން ހަސީނާ އަމުރު ކުރެއްވިކަން ހާމަވެއްޖެ ދުނިޔެ | 12 ދުވަސް ކުރިންމަސައްކަތަށް އަނބުރާ ނިކުމޭ، ނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ - ބަންގްލަދޭޝްގެ ސަރުކާރު World | 22 ދުވަސް ކުރިންހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަނގްލަދޭޝްއިން އިންޑިއާއަށް އެދިއްޖެދުނިޔެ | 7 މަސް ކުރިން