logo
E-Platinum
World

މަސައްކަތަށް އަނބުރާ ނިކުމޭ، ނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ - ބަންގްލަދޭޝްގެ ސަރުކާރު

އަޙްމަދު ޒަލީފް
30 ޖޫން 2025 - 06:20
މަސައްކަތަށް އަނބުރާ ނިކުމޭ، ނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ - ބަންގްލަދޭޝްގެ ސަރުކާރު

 ބަންގްލަދޭޝްގެ ޓެކްސް އަދި ކަސްޓަމްސްގެ މަސައްކަތްތެރިން މިހާރު ކުރަމުންދާ އިޙްތިޖާޖު ވަގުތުން ހުއްޓާލާ، މަސައްކަތަށް އަނބުރާ ރުޖޫޢަވާންޖެހޭ ކަމަށާއި، އެހެން ނޫންނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ޓެކްސް އަދި ކަސްޓަމްސް މަސައްކަތްތެރިން މަސައްކަތް ހުއްޓައިލައި ހަޅުތާލުކުރަމުންދާތާ ދެ ދުވަސް ވެއްޖެއެވެ. އެ މީހުންގެ މަސައްކަތް ހުއްޓައިލީ ނޭޝަނަލް ބޯރޑް އޮފް ރެވެނިއު، އެންބީއާރު އުވައިލައި ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަންނަ އައު އިދާރާތައް ޤާއިމުކުރަން އަންގައި ސަރުކާރުން އަމުރެއް ނެރުމާ ގުޅިގެންނެވެ. ސަރުކާރުން ބުނީ އެ ބަދަލު ގެނައުމަށް ނިންމީ އާމްދަނީ ބަލައިގަތުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ހަޅުތާލާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެންމެހާ މަސައްކަތްތެރިން މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށާއި ޤައުމުގެ މަސްލަހަތަށް ގެއްލުން ލިބޭފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. މަސައްކަތްތެރިން މަސައްކަތަށް އަނބުރާ ނުނިކުމެއްޖެނަމަ އާންމުންނާއި ޤައުމުގެ އިޤްތިޞާދު ރައްކާތެރި ކުރުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލް ބަޔާންކޮށްފައެއް ނުވެއެވެ.

ޓެކްސް އަދި ކަސްޓަމްސްގެ މުވައްޒަފުންގެ ހަޅުތާލާ ގުޅިގެން އެ މީހުންގެ މަސައްކަތާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބަންގްލަދޭޝްގެ އެންމެ މައި އެއް ވިޔަފާރި މަރުކަޒުކަމުގައިވާ ޗިޓަގޮންގް ބަނދަރުގައި ވެސް ކަސްޓަމްސްގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި ޚަބަރު | 16 ގަޑިއިރު ކުރިންމުޒާހަރާގެ ބައިވެރިން މަރަން ހަސީނާ އަމުރު ކުރެއްވިކަން ހާމަވެއްޖެ ދުނިޔެ | 12 ދުވަސް ކުރިންމަސައްކަތަށް އަނބުރާ ނިކުމޭ، ނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ - ބަންގްލަދޭޝްގެ ސަރުކާރު World | 21 ދުވަސް ކުރިންހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަނގްލަދޭޝްއިން އިންޑިއާއަށް އެދިއްޖެދުނިޔެ | 7 މަސް ކުރިން