logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2025 - 16:26
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓްގައި އަލިފާނެއް ރޯވެ، އެއަރޕޯޓުގެ ހުރިހާ ފްލައިޓްތަކާއި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ފުރަތަމަ ރޯވެފައި ވަނީ އެއާޕޯޓްގެ ކާގޯ ސެކްޝަނުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަރޕޯޓާއި ފަޔަރ ސަރވިސްގެ އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި، އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައި ވަރަށް ބޮޑަށް ރޯވެ ދުން އުފެދިފައިވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 36 ޔުނިޓްގެ ފަޔަރ ފައިޓަރުން ބައިވެރިވެފައިވާއިރު، އިތުރު 5 ޔުނިޓް އެ މަސައްކަތުގައި ބައިވެރިވުމަށް ދަތުރުކުރަމުންދާކަމަށް ފަޔަރ ސަރވިސްގެ މީޑިއާ ސެލުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ އާމީއާއި، އެއަރ ފޯސް އަދި ނޭވީގެ އިތުރުން ބޯޑަރ ގާޑުގެ ދެ ޕްލެޓޫނެއްވެސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

ލޯކަލް ޓީވީ ރިޕޯޓުތަކުން ބުނާގޮތުގައި، ފަޔަރ ފައިޓަރުންނާއެކު އެހެން ބައެއް މީހުންވެސް މި މަސައްކަތުގައި ބައިވެރިވުމުގެ ތެރޭގައި ޒަޚަމްވެފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް އަލިފާން ރޯވި ސަބަބާއި ޒަޚަމްވި މީހުންގެ އަދަދާ ބެހޭ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ޚަބަރު | 23 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | މަހެއް ކުރިންއިންޑޮނޭޝިއާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްދުނިޔެ | މަހެއް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 2 މަސް ކުރިން