logo
Bank of Maldives

Bank of Maldives

ދުނިޔެ

ހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖުލައި 2026 - 18:56
ހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފި

ސްޓްރެއިޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަރަހައްދީ ގައުމުތަކުގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ގޮވާލައްވައިފިއެވެ.

އަރަގްޗީ މިކަމަށް ގޮވާލެއްވީ އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބުސައިދީ އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އާއެކު ވަކިވަކިން ފޯނުން ކުރެއްވި މަޝްވަރާތަކެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި އަރަގްޗީ ވަނީ ހޮރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ޒިންމާ އެމެރިކާގެ މައްޗަށް އަޅުވާފައެވެ. އޭނާ ވިދާޅުވީ ކަނޑުއޮޅީގެ ހަމަޖެހުން ގެއްލެން މެދުވެރިވަނީ "އެމެރިކާގެ އުދުވާނީ އަމަލުތަކުގެ" ސަބަބުން ކަމަށެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އިންތިޒާމުތަކެއް ހަމަޖެއްސުމެވެ.

މި މައްސަލައިގައި އޮމާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށްޓަކައި ސަރަހައްދީ ގުޅިފައިވާ ނިޒާމެއް ގާއިމުކުރުމުގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ހުށަހެޅުމަކީ ސްޓްރެއިޓް އޮފް މަލަކާގައި އަމަލުކުރާ އުސޫލަށް ބިނާކޮށްފައިވާ ހުށަހެޅުމެކެވެ. މީގެ ދަށުން ކަނޑުއޮޅި ބޭނުންކުރާ ފަރާތްތަކުން ދައްކާ ފީއަކުން، ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހަރަދުކުރެވޭނެއެވެ.

މިދިޔަ ޖުލައި 11 އިން ފެށިގެން އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކަށްފަހު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރަހައްދަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އައިސްފައެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާ އިން އީރާނުގެ އެތެރެއަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ އަރަބި ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.

އެމެރިކާ އިން ބާރުއަޅަމުންދަނީ އީރާނުން އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލައި، ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ އައްސޭރިފަށާ ކައިރި ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރު ބަލަހައްޓަންވާނީ އީރާނުގެ ބެލުމުގެ ދަށުން ހިނގާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | 3 ދުވަސް ކުރިންއީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީދުނިޔެ | 5 ދުވަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 5 ދުވަސް ކުރިންއީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެދުނިޔެ | 9 ދުވަސް ކުރިން