logo
Bank of Maldives

Bank of Maldives

ދުނިޔެ

ޝައިޚް ޙަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދާކާއިން އެދިއްޖެ

އިސްމާޢިލް ރާތިޢު
27 ނޮވެމްބަރު 2025 - 11:45
ޝައިޚް ޙަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދާކާއިން  އެދިއްޖެ

އަމިއްލައަށް އަރުވާލެއްވިގެން އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ދާކާއިން ނިއު ދިއްލީގެ ސަރުކާރުގައި އެދެފިއެވެ.

މިކަން ހާމަކުރައްވަމުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ދާކާ ސަރުކާރުގެ އެދުން ދިރާސާކޮށް، އިންޑިއާއިން އެކަމާ މެދު ވިސްނަމުންދާ ކަމުގައެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުވެސް ޝައިޚް ޙަސީނާ އަނބުރައި ގައުމަށް ފޮނުވާލުމަށް ދާކާއިން ނިއު ދިއްލީގައި އެދިފައިވެއެވެ. ޝައިޚް ޙަސީނާ ފިއްލަވައިގެން ހުސްވި އަހަރުގެ އޮގަސްޓު މަހު ދިއްލީއަށް ވަޑައިގެންނެވީ އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން އިސްވެ ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. އޭނާގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ކޮންޓުރޯލުކުރުމަށް ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް، ބާރުގެ ބޭނުން ކޮށްފައެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި އެތަކެއް ސަތޭކަ ބަޔަކު މަރުވިއެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެއެވެ. އެކަމުގައި ޝައިޚް ޙަސީނާގެ ބައިވެރިވުން އޮތްކަމަށް ކަނޑައަޅާ، ބަންގްލަދޭޝްގެ ކޯޓަކުން ދާދިފަހުން ވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައެވެ. ޝައިޚް ޙަސީނާ އަނބުރާ ޤައުމަށް ފޮނުވާލުމަށް ދާކާއިން އެދިފައި މިވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ އިތުރު ދަޢުވާތަކާ ކުރިމަތިލައްވާ، އޭނާއާ ދެކޮޅަށް އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޒު ކުރުމަށެވެ.

މަސްތަކަކަށް ދެމިގެންދިޔަ ޝަރިޢަތަށް ފަހު ޙަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާބެހޭ ކޯޓުން އިއްވާފައިވާ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި، ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ ސީދާ އޭނާގެ އަމުރަށެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް ކުރީގެ ވެރިއަކާ ދެކޮޅަށް މަރުގެ އަދަބު ދިނުން ފަދަ ހަރުކަށި އަދަބެއް ދިނުމަށް ޙުކުމްކުރި ފުރަތަމަ ފަހަރެވެ. ކޯޓުން ޙަސީނާއާ ދެކޮޅަށް ޙުކުމް ކޮށްފައި ވަނީ ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ވެސް ބޯމަތިވެފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައިޚް ޙަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދާކާއިން އެދިއްޖެދުނިޔެ | 5 ގަޑިއިރު ކުރިންބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 6 ދުވަސް ކުރިންބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފިދުނިޔެ | މަހެއް ކުރިންކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާޚަބަރު | 2 މަސް ކުރިން