logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ، ބަންގްލަދޭޝްގެ ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރަށް: ރައީސް

މުޙައްމަދު އަފްރާޙް
26 މާރިޗު 2026 - 08:04
ރާއްޖެ، ބަންގްލަދޭޝްގެ ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރަށް: ރައީސް

ބަންގްލަދޭޝްގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށާ، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެޔާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަ ކުރައްވާފައެވެ. ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިޙްތިރާމުގެ މައްޗަށް ކަމަށާ، އަދި މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެޔާ، ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ، އަދި މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާ އަމާންކަމުގެމައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. ހަމަ މިޔާއެކު، ދެޤައުމުގެ އެއްގޮތް ސަޤާފަތާ އަދި ފަރުދުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިޔަފާރިއާ، ޞިއްޙަތާ، މީހުން ބިނާކުރުމާ، ތަޢުލީމާ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ވަނީ ޕޯސްޓެއްް ހިއްސާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހުޚަބަރު | 9 ގަޑިއިރު ކުރިންސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | 3 ދުވަސް ކުރިން