logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެ

އިސްމާޢިލް ރާތިޢު
21 ނޮވެމްބަރު 2025 - 10:53
ފޮޓޯ: އޭޕީ ނިއުސް
ފޮޓޯ: އޭޕީ ނިއުސް

ބަންގްލަދޭޝްގެ ވެރިރަށް، ދާކާއަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން މަދުވެގެން ފަސް މީހަކު މަރުވެ، 100 ވަރަކަށް މީހުން ޒަޚަމްވެފައި ވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއާ ހަވާލާދީ، އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ދާކާ ގަޑިން މިއަދު ހެނދުނު 10:38 އެހާކަންހާއިރު، ދާކާގެ 33 ކިލޯމީޓަރު ބޭރުން އޮންނަ އަވަށެއް ކައިރިއަށެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބުނާގޮތުން 5.5 މެގްނިޓިއުޑުގެ މި ބިންހެލުމަކީ މިހާތަނަށް އެމީހުން ތަޖުރިބާކޮށްފައިވާ އެންމެ ވަރުގަދަ ބިންހެލުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިންހެލުމުގައި ޒަޚަމްވި މީހުންގެ ތެރޭގައި އެ އަވަށުގެ ރައްޔިތުންގެ އިތުރުން ދާކާ ޔުނިވަރސިޓީގެ ދަރިވަރުންނާއި ގާޒީޕުރު ސިޓީގެ ފެކްޓަރީތަކުގައި މަސައްކަތްކުރާ ބައެއް މީހުންވެސް ހިމެނޭކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދީފައިވެއެވެ.

 މި ހާދިސާގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނާއިރު، ބައެއް ގެދޮރު ވެއްޓިފައިވާ ކަމުގައި ވެސް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ ކަންކަމުގެ ތަފުސީލު ބަންގްލަދޭޝްގެ ކަމާގުޅޭ އިދާރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.

ބަންގްލަދޭޝަކީ ވަރަށް ހަރަކާތްތެރި ތިން ޓެކްޓޯނިކް ޕްލޭޓް ގުޅޭ ސަރަޙައްދެއްގައި އޮތް ޤައުމެކެވެ. އެއީ، އިންޑިޔާ، ޔޫރޭޝިޔާ އަދި ބަރްމާ ޓެކްޓޯނިކް ޕްލޭޓްތަކެވެ. ހުސްވި އޮކްޓޫބަރު މަހު ވެސް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ބިންހެލުމެއް އައިސްގެން ރިޕޯޓު ކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 3 ގަޑިއިރު ކުރިންބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފިދުނިޔެ | މަހެއް ކުރިންކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާޚަބަރު | 2 މަސް ކުރިންބަންގްލަދޭޝްގައި ނުރައްކާތެރި ދެ ބައްޔެއް ފެތުރެނީ ދުނިޔެ | 2 މަސް ކުރިން