ފިލިޕިންސް ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައެއް ނުވޭ: މެޓް
8 ޖޫން 2026 - 06:03

ދެކުނު ފިލިޕީންސަށް މިއަދު ފަތިހުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ފިލިޕީންސްގެ މިންޑަނާއޯ ސަރަހައްދަށް މި ބިންހެލުން އައިސްފައިވަނީ މިއަދު ފަތިހު ރާއްޖެ ގަޑިން 04:37 ހާއިރު ކަމަށެވެ. 8.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބިންހެލުން އައި ސަރަހައްދަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 5723 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ. މެޓް އޮފީހުން ބުނީ، ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ހާދިސާގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވުމުގެ ބިރެއް ނެތް ކަމަށެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަންނަ ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތައް މެޓް އޮފީހުން ދަނީ އަބަދުވެސް މޮނިޓަރ ކުރަމުންނެވެ.

-01.jpg&w=3840&q=75)
