logo
Bank of Maldives

Bank of Maldives

ދުނިޔެ

ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 1،430އަށް

ޒިދާން މުޙައްމަދު
29 ޖޫން 2026 - 11:53
ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 1،430އަށް

04:52 PM

ވެނެޒުއެލާއަށް މިދިޔަ ބުދަދުވަހު ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު 1،430 އަށް އުފުލިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އުސް އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ސަލާމަތްކުރާ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، ފުރާނަ ނެތް އިތުރު ހަށިތައް ދަނީ ފެންނަމުންނެވެ. ހަމައެއާއެކު، ދިރިތިބި ބައެއް މީހުންވެސް ދަނީ ސަލާމަތް ކުރެވެމުންނެވެ.

ސާޗް އެންޑް ރެސްކިޔު ޓީމުތަކަށް މިހާތަނަށް އިމާރާތްތަކުގެ ގައުކުނޑިތަކުގެ ދަށުން 243 މީހަކު ދިރިތިއްބާ ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދު ވަނީ 4،000 އަށް އަރާފައެވެ.

ވެނެޒުއެލާގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި، އިމާރާތްތައް ވެއްޓުމުގެ ސަބަބުން ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 68،900 އަށް އަރައެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި ވެނެޒުއެލާގެ ޓީމުތަކުގެ އިތުރުން ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މަސައްކަތުގައި ޒަމާނީ މެޝިނަރީތަކާއި، އަތުން ކުނިތައް ނެގުމުގެ އިތުރުން، ދިރިތިބި މީހުން ތިބިތަން ދެނެގަތުމަށް ތަމްރީނުކޮށްފައިވާ ކުއްތާވެސް ދަނީ ބޭނުންކުރަމުންނެވެ.

މިދިޔަ ބުދަދުވަހު އެގައުމަށް ފުރަތަމަ އައީ ރިކްޓަރ މިންގަނޑުން 7.2 ގެ ބިންހެލުމެކެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، އެކެއް ނުޖެހޭނީސް 7.5 ގެ ބާރުމިނުގައި އައި ދެވަނަ ބިންހެލުމާއެކު ވެރިރަށް ކަރާކަސްއާއި އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ލަ ގުއައިރާގެ އިތުރުން އެހެން ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ހާދިސާގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ ލަ ގުއައިރާ ސިޓީއަށެވެ. އެ ސިޓީގެ ގިނަ ބިނާތަކެއް ބިމާހަމަވެފައިވާއިރު، ގެދޮރު ގެއްލުމުގެ ސަބަބުން 3،100 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 1،430އަށްދުނިޔެ | 2 ގަޑިއިރު ކުރިންފިލިޕިންސް ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައެއް ނުވޭ: މެޓްޚަބަރު | 21 ދުވަސް ކުރިންޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް؛ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު!ދުނިޔެ | 7 މަސް ކުރިންބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 7 މަސް ކުރިން