logo
Bank of Maldives

Bank of Maldives

ދުނިޔެ

ޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް؛ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު!

އިސްމާޢިލް ރާތިޢު
12 ޑިސެމްބަރު 2025 - 05:31
ޖަޕާނަށް ބިންހެލުން އައިސްފައިވާ ސަރަހައްދު- ފޮޓޯ: އަލް ޖަޒީރާ
ޖަޕާނަށް ބިންހެލުން އައިސްފައިވާ ސަރަހައްދު- ފޮޓޯ: އަލް ޖަޒީރާ

ޖަޕާނުގެ އުތުރުގެ ސަރަހައްދަކަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު، އެގައުމުގެ މޫސުމާބެހޭ އިދާރާއިން ދީފިއެވެ.

ޖީއެމްޓީ ގަޑިން ރޭ 02:44 އެހާކަންހާއިރު އައޮމޮރީ ޕްރިފެކްޗަރގެ އައްސޭރިފަށަށް އައިސްފައިވާ މި ބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެއްވެސް އަސަރެއްކުރިކަން އެނގެން ނެތްކަމަށް ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭ ބިންހެލުން އައިސްފައިވާ ސަރަހައްދަށް، މިދިޔަ ހޯމަދުވަހުވެސް މިއަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. 7.5 މެގްނިޓިއުޑްގެ އެ ބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ގެތަކަށް އެކިވަރުގެ ގެއްލުން ލިބި، 2.3 ފޫޓުގެ ސުނާމީ ރާޅުތަކެއް އަރާފައިވެއެވެ. މީގެ އިތުރުން މި ބިންހެލުންތަކުގައި މަދުވެގެން 50 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ހޯމަ ދުވަހުގެ ބިންހެލުމާ ގުޅިގެން ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ، ހަފްތާއެއްތެރޭ އިތުރު ބިންހެލުމެއް އައިސްފާނެ ކަމަށް ލަފާކޮށް، ހޮކައިޑޯއިން ފެށިގެން، ޗީބާ އާ ހަމައަށް ދިރިއުޅޭ ރައްޔިތުން ސަމާލުވެތިބުމަށް އިރުޝާދުދީފައެވެ.

މި ސަރަހައްދަކީ 2011 ވަނަ އަހަރު 9.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، 18،500 މީހުން މަރުވި، ނުވަތަ ގެއްލުނު ވަރުގަދަ ސުނާމީއެއްވެސް އަރާފައިވާ ސަރަހައްދެކެވެ. ޖަޕާނުގެ މޫސުމާބެހޭ އިދާރާގެ ފުރަތަމަ ހާއްސަ އިރުޝާދު 2024 ވަނަ އަހަރު ނެރެފައިވަނީ އެގައުމުގެ ދެކުނުގެ ނަންކައި ޓްރަފް އަށް "މެގަކުއޭކް" އެއް އައިސްފާނެކަމުގެ އިންޒާރާއެކުއެވެ.

އެހެން ވެއްޖެނަމަ، އެއާ ވިދިގެން އަރާ ސުނާމީގެ ސަބަބުން 298،000 މީހުން މަރުވެ، ދެ ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް އެގައުމުގެ ސަރުކާރުން އޭރު ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް؛ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު!ދުނިޔެ | 3 ގަޑިއިރު ކުރިންބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 21 ދުވަސް ކުރިންޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ސަނާއީ އިންތިޚާބުވެއްޖެދުނިޔެ | 2 މަސް ކުރިންފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށްކުޅިވަރު | 2 މަސް ކުރިން