logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި

އަޙްމަދު ޒަލީފް
20 ޖުލައި 2025 - 11:13
ބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި

މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވައިލައި ބަންގްލަދޭޝްގައި ބޮޑު މުޒާހަރާތަކެއް ފަށައިފިއެވެ.

ބަންގްލަދޭޝްގައި ދެން އެންމެ އަވަހަށް ޢާންމު އިންތިޚާބެއް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރަށެވެ. އެއީ، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި، ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި ވަގުތު ބަންގްލަދޭޝްގައި ވެރިކަން ކުރަނީ ވަގުތީ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ އިސް މުޝީރަކީ، ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެރިރަށް ދާކާގައި ފަށާފައިވާ މުޒާހަރާތައް އިންތިޒާމު ކޮށްފައި ވަނީ އެ ޤައުމުގެ ދީނީ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖަމާޢަތު އިސްލާމީއެވެ. އެ ޕާޓީއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ހާސް ބަޔަކު މުޒާހަރާގައި ބައިވެރިވަމުންދާއިރު، އިންތިޚާބީ ނިޒާމު މުރާޖާ ކުރުމަށް ވެސް އެ މީހުން ދަނީ ގޮވައިލަމުންނެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އުމުރުން 20އާއި 30ގެ އަހަރުތަކުގެ މީހުން ކަމުގައެވެ. "ޖަމާޢަތު އިސްލާމީގެ ވެރިކަމެއްގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ. ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރެވިގެންދާނެ. ސަބަބަކީ، މިއީ ކީރިތި ޤުރުއާނުން ދައްކާފައިވާ މަގުގައި ސާބިތުކަމާ އެކު އޮންނާނެ ޕާޓީއެއް،" މުޒާހަރާގެ އެހެން ބައިވެރިއެއް ކަމުގައިވާ 20 އަހަރުގެ މުޙީދުލް މުރްސަލީން ޞާޔިމް ބުންޏެވެ.

އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވައިލައި ޖަމާޢަތު އިސްލާމީން ވަނީ ޔޫނުސްގެ ސަރުކާރަށް ހަތް ޝަރުޠެއް ހުށަހަޅާފައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކޮށްދިނުމާއި، އިންތިޚާބު ބޭއްވުމަށް ސުލްޙަވެރި މާހައުލެއް ޤާއިމު ކޮށްދިނުމާއި، ހުސްވި އަހަރު ހިންގި ހަމަނުޖެހުންތަކުގައި މަރައިލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުން ހިމެނެއެވެ.

އަދި، ހުސްވި އަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން އެކި ނިޒާމުތައް ހަރުދަނާ ކުރުމަށް އެކުލަވައިލާފައިވާ އިސްލާޙީ އެޖެންޑާ ފުރިހަމައަށް ތަންފީޒު ކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބުތަކުގައި ހުރިހާ ސިޔާސީ ޕާޓީއަކާއި، ހުރިހާ ރައްޔިތުން ތަމްސީލު ކުރެވޭނެ ނިޒާމެއް ތަޢާރުފު ކުރުމަށް ވެސް އެ ޕާޓީން ވަނީ ޔޫނުސްގެ ސަރުކާރަށް ގޮވައިލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 4 ގަޑިއިރު ކުރިންބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފިދުނިޔެ | މަހެއް ކުރިންކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާޚަބަރު | 2 މަސް ކުރިންބަންގްލަދޭޝްގައި ނުރައްކާތެރި ދެ ބައްޔެއް ފެތުރެނީ ދުނިޔެ | 2 މަސް ކުރިން