logo
Bank of Maldives

Bank of Maldives

ދުނިޔެ

މުޒާހަރާގެ ބައިވެރިން މަރަން ހަސީނާ އަމުރު ކުރެއްވިކަން ހާމަވެއްޖެ

އަޙްމަދު ޒަލީފް
9 ޖުލައި 2025 - 12:47
މުޒާހަރާގެ ބައިވެރިން މަރަން ހަސީނާ އަމުރު ކުރެއްވިކަން ހާމަވެއްޖެ

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ބަންގްލަދޭޝްގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވަން، ބަޑިޖަހައި، މުޒާހަރާގެ ބައިވެރިން މަރަން، އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެންގެވިކަން ހާމަވެއްޖެއެވެ.

ސަލާމަތީ ބާރުތަކާ ދެމެދު ހިނގި މި ކުރިމަތިލުންތަކުގައި، 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މާޗް މަހުގެ ތެރޭގައި ލީކުވި އޯޑިއޯގައި، ކޮންމެވެސް މީހަކަށް ފޯނުން ގުޅުއްވައި، ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް ހުއްދަ ދެއްވިކަމަށް ވިދާޅުވެއެވެ.

އެ އޯޑިއޯގެ ސައްޙަކަން އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ވެސް ވަނީ ކަށަވަރުކޮށްފައެވެ.

ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފައެވެ. ޙަސީނާގެ ޣައިރު ހާޒިރުގައި ހިންގަމުންދާ އެ ޝަރީއަތްތަކުގައި، ހެކީގެ ގޮތުގައި ލީކުވެފައިވާ އޯޑިއޯ ބޭނުންކުރަން ޕްރޮސެކިޔުޓަރުން ވަނީ ނިންމައިފައެވެ.

ނަމަވެސް، އެ އޯޑިއޯގެ ސައްޙަކަމާއި ޙަސީނާއަށް ކުރާ ތުހުމަތުތައް، އޭނާގެ ޕާޓީ، އަވާމީ ލީގުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ. ނަމަވެސް އެ އޯޑިއޯގައި އޭއައި ބޭނުންކޮށްގެން ޙަސީނާގެ އަޑުފުޅަށް އެއްވެސް އުނި އިތުރެއް ގެނެސްފައިވާކަމުގެ ނިޝާނެއް ނެތް ކަމަށް ވެސް އެ ކުންފުންޏާ ޙަވާލާދީ، ބީބީސީ ނޫހުން ބުނެފައިވެއެވެ.

އެގޮތުން  އެ ނޫހުން ބުނީ، 18 ޖުލައި 2024 ގައި އެ ފޯނު ކޯލު ކުރެއްވި ވަގުތު، ޙަސީނާ ހުންނެވީ ރަސްމީ ގެކޮޅުގައިކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްއަށް ބިންހެލުމެއް: މަދުވެގެން ފަސް މީހުން މަރުވެއްޖެދުނިޔެ | 4 ގަޑިއިރު ކުރިންބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފިދުނިޔެ | މަހެއް ކުރިންކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާޚަބަރު | 2 މަސް ކުރިންބަންގްލަދޭޝްގައި ނުރައްކާތެރި ދެ ބައްޔެއް ފެތުރެނީ ދުނިޔެ | 2 މަސް ކުރިން