logo
Bank of Maldives

Bank of Maldives

ޚަބަރު

އާބާދީ އެއްފަސް ކުރެވެމުންދާއިރު އޭދަފުށި ވެގެންދާނީ ރަނގަޅު ފެންވަރުގެ ރަށަކަށް - މިނިސްޓަރ

އަޙްމަދު ޒަލީފް
16 ނޮވެމްބަރު 2024 - 12:03
އާބާދީ އެއްފަސް ކުރެވެމުންދާއިރު އޭދަފުށި ވެގެންދާނީ ރަނގަޅު ފެންވަރުގެ ރަށަކަށް - މިނިސްޓަރ

ރާއްޖޭގެ އާބާދީ އެއްފަސްވެގެންދާއިރު އޭދަފުށި ވެގެންދާނީ ރަނގަޅު ފެންވަރުގެ ރަށަކަށް ކަމަށާއި، އޭދަފުށީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ރައީސުލްޖުމްހުރިއްޔާގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ރަނގަޅު ފެށުމެއްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބ އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގައި ސޮއި ކުރެވިގެން މިދިޔައީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލެވުނު އެމްއޯޔޫއެއްގެ ދަށުންކަމަށާއި، ހައުސިން މިނިސްޓްރީއާއި ކައުންސިލާއިއެކު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޭދަފުށީގައި ތައުލީމީ ފުރުސަތުތައް އެބަހުރިކަމަށާއި، އަދި އޭދަފުއްޓަކީ ސިއްހީ ހިދުމަތްވެސް ފުރިހަމައަށް ލިބޭ ރަށެއްކަމަށެވެ.

މިކަންކަމުގެ ސަބަބުން އޭދަފުށި އިތުރައް ތަރައްގީ ވާނެކަމަށާއި، ވަޒީފާގެ ފުރުސަތުތައް ފަހިވެ، އެ ސަރަހައްދުގައި ހުރި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ އަދަދުވެސް މަތިންވެގެންދާނެކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް ގޯތިތައް 10 ބުރިއަށް ނެގުމަށް ހުއްދަދީފިޚަބަރު | 4 ގަޑިއިރު ކުރިންއާބާދީ އެއްފަސް ކުރެވެމުންދާއިރު އޭދަފުށި ވެގެންދާނީ ރަނގަޅު ފެންވަރުގެ ރަށަކަށް - މިނިސްޓަރޚަބަރު | އަހަރެއް ކުރިން