logo
E-Platinum
ޚަބަރު

ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން

މަރިޔަމް ޔަނާ އަލީ
1 ސެޕްޓެމްބަރު 2024 - 05:02
ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން

ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ތަސްލީމް މުހައްމަދު ގެއްލުނީ މޫދަށް ކަމެއް ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މީގެ 24 ގަޑިއިރު ކުރިންނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ރޭ ބުނީ އެ ދަތުރަށް ފަހު ތަސްލީމް ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާ އެކު އެންއެންޑީއެފުން ވަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައި ކަމަށެވެ. އެގޮތުން އިއްޔެއާ ހަމައަށް ފިނޮޅު ވަށައިގެންވާ 5،000 އަކަފޫޓުގެ ސަރަހައްދެއްގައި އެ މީހުން ސްނޯކްލިންކޮށް ހޯދާފައިވެއެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އެ ސަރަހައްދުގެ 3،000 އަކަފޫޓުގެ ސަރަހައްދެއް ބަލައި ފާސްކުރުމުގެ މަސައްކަތްކޮށްފައެވެ.

ނަމަވެސް އެ މީހާ ގެއްލުނީ ކަނޑުމަތިން ކަން އަދި ސާބިތުނުވާތީ އެ ހާދިސާ އަކީ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭހެއްގެ ގޮތުގައި ގިންތިކޮށްފައެއް ނުވެ އެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ހިދުމަތުން،"އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ތަސްލީމް ގެއްލުނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް އިއްޔެ ފުލުހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭނާ އެންމެ ފަހުން އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް ފެނުނީ އެދުވަހު ހެނދުނު 10:00 އާއި 11:00 އާ ދެމެދުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެޚަބަރު | 17 ގަޑިއިރު ކުރިންމިނިވަން ދުވަހާ ގުޅިގެން ވެހިކަލްތަށް ނުދުއްވޭ ގޮތަށް ނިންމި ނިންމުން ބާތިލުކޮށްފިޚަބަރު | ދުވަހެއް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންއެކްސިޑެންޓަކާ ގުޅިގެން ކާރެއްގައި ދިޔަ ދެ މީހަކު ހޯދަނީ ޚަބަރު | 3 ދުވަސް ކުރިން