logo
E-Platinum
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ އީއާރު ޒަމާނީ ކުރަނީ

އަޙްމަދު ޒަލީފް
18 ނޮވެމްބަރު 2024 - 16:01
ހުޅުމާލެ ހޮސްޕިޓަލްގެ އީއާރު ޒަމާނީ ކުރަނީ

ހުޅުމާލޭ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ޒަމާނީ ފެންވަރަށް ގެނައުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރައްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގައި މިހާރު ހުރި 7 އެނދުގެ އިމަރޖެންސީ ރޫމް ޒަމާނީ ވަސީލަތްތަކާއެކު 14 އެނދަށް ބަދަލުކޮށް، ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރީ 2 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އެކުންފުނިން މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.


އީއާރް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގެ ޚިދުމަތްތައް ދޭނީ ހޮސްޕިޓަލުގެ އެހެން ބައެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.


Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަނީޚަބަރު | ދުވަހެއް ކުރިންމިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގުޚަބަރު | 3 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލުން ހިންގާ މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި ޚަބަރު | މަހެއް ކުރިން15 ފަރާތަކަށް ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕް ދެނީޚަބަރު | މަހެއް ކުރިން