logo
MPL

MPL

ޚަބަރު

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގު

ހުސައިން ވަސީމް
27 ޖުލައި 2025 - 13:49
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގު

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހިދުމަތް ހޯދުމަށް އެއްވެސް ރައްޔިތަކު ކިޔޫގަ ޖެހެން ނުޖެހޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ޑަޔަލަސިސް ހިދުމަތް ދޭން ފެށީ އެންމެ 4 އެނދާއިއެކު ކަމަށެވެ. އަދި އޭގެ ފަހުން 6 އެނދު އިތުރުކޮށް މިއަދާއި ހަމަޔަށް ހިދުމަތް ދެމުން އައީ އެންމެ 10 އެނދާއި އެކު ޑަޔަލަސިސް ޔުނިޓެއްގެ ގޮތުގައި ކަމަށް ރައްޒާގު ހަލީމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޒާގު ހަލީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުފުޅާއިއެކު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއްކުރި ކަމަށެވެ.އެގޮތުން ދެ ދަންފަޅިއަށް ފޯރުކޮށްދެމުން އައި ޑަޔަލަސިސްގެ ހިދުމަތް 3 ދަންފަޅިއަށް ބަދަލްކޮށް ހިދުމަތް ފުޅާ ކުރި ކަމަށް ރައްޒާގު ވިދާޅުވިއެވެ.އެހެން ނަމަވެސް ގިނަ ބަޔަކު ކިޔޫގައި ތިބޭކަން ފާހަގަވެ އެކަން ހައްލުކުރުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާ އިރުޝާދާއިއެކު ފެށިކަމަށް ރައްޒާގު ވިދާޅުވިއެވެ. ރައްޒާގު ވިދާޅުވީ ޑަޔަލަސިސްގެ ހިދުމަތަކީ ބަލިމީހާއަށް އޮޕްޝަނެއް ނޫން ކަމަށާ ކޮންމެހެންވެސް ބޭނުންވާ ހިދުމަތެއް ކަމަށެވެ.

މިހިދުމަތް ހޯދުމަށް ހަފްތާ އަކު 3 ދުވަހު 4 ގަޑިއިރު ބަލިމީހާ ހޭދަކުރަން ޖެހޭ ވީމާ 3 ދަންފަޅިއަށް އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުން ދިޔައިރު ހާއްސަކޮށް އިސްރައްވެހިން މިތަކުލީފުގައި އުޅެން ޖެހުމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމަކަށް ނުވި އެގޮތުން ރައީސްގެ ލަފަޔާ އިރުޝާދުގެ ތެރެއިން އަޅުގަނޑުމެން ނިންމީ ހުޅުމާލޭގައި 30 އެނދުގެ ޑަޔަލަސިސް ސެންޓަރެއް ގާއިމް ކުރަން މި ޑަޔަލަސިސް ސެންޓަރަކީ އެންމެ ޒަމާނީ ފެންވަރަށް ގާއިމްކޮށްފައިވާ ސެންޓަރެއް

ރައްޒާގު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރި ޑަޔަލަސިސް ސެންޓަރަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ސެންޓަރެއްކަމަށެވެ. މި ގާއިމްކުރި ޑަޔަލަސިސް ސެންޓަރުގައި ދެ ދަންފަޅި އަށް ހިދުމަތް ފޯރުކޮށްދިނަސް ދުވާލަކަށް 150 އެއްހާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ރައްޒާގު ވިދާޅުވި އެވެ. އަދި މިއަދުން ފެށިގެން މާލޭގަ އަދި ހުޅުމާލޭގަވެސް ޑަޔަލަސިސް ހިދުމަތް ބޭނުންވެގެން ކިޔޫގަ ޖެހޭކަށް ނުޖެހޭނެ ކަމަށް ރައްޒާގު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން