logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަނީ

އާމިނަތު ޝަފާ
29 ޖުލައި 2025 - 05:35
ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަނީ

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުލު ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ރެކްޓަރ ޕްރޮކިއުމަންޓް ހުޝާމް އަބްދުލްޙަކީމް ވިދާޅުވީ އޯގަސްޓުމަހު އައިނު ފިހާރައިގެ ހިދުމަތް ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ތައްޔާރުވަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލްގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

" މިއީވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށް ސިއްހީ ދާއިރާއަށް ރައްޔިތުން ކުރާ ބޮޑު ހޭދަ ކުޑަކޮށް ލުއިކޮށްދިނުމަށް ފެށިގެންދިޔަކަމެއް. އަޅުގަނޑުމެންވެސް އަމާޒު ހިފާފައިވަނީ އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފެށުމަށް".

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޤާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވީ އާދިއްތަދުވަހުއެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 8 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 2 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިން