logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2026 - 18:27
އަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސް

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަގްރީރުގައި ޒުވާނުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ވާހަކަފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަންޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތަކީ "ޔޫތު ޕާލަމަންޓް" ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެކި ސިފަސިފައިގައި މިކަން ކުރި ނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅަކީ މާ ދާއިމީ ނިޒާމެއްގެ ތެރެއިން މިކަން ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން ރާއްޖޭގެ 93 ދާއިރާ ތަމްސީލުވާނެހެން، ކޮންމެ ދާއިރާއަކުން ޒުވާނުން ވޯޓުލައިގެން ހޮވާ މަންދޫބަކު އެ ޕާލަމަންޓުގައި ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޚިޔާލުގައި ހުރީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް އޮޕަރޭޓް ކުރާގޮތަށް. މިއީ މަޝްވަރާގެ ތެރެއިން ނިންމޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން ޤައުމުގެ ކަންކަމުގައި ޒުވާނުންގެ މަޝްވަރާއާއި ޚިޔާލު ހުށަހެޅޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޒުވާނުންނާއި އަންހެނުންނަށް ވަކި އިންސައްތައެއްގެ ގޮނޑި ޚާއްޞަކުރުމަށް ޤާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ލިޔެކިޔުމުގައި ހަމަހަމަ ފުރުޞަތު އޮތް ނަމަވެސް، އިންތިޚާބުތަކުގައި ޒުވާނުންނާއި އަންހެނުން ހޮވޭ މިންވަރު މަދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޕާޓީ ނިޒާމުގެ ތެރެއިން މިކަމަށް ބާރުއެޅުމުގެ ގޮތުން އިތުރު މުސާރައެއް ދިނުން ފަދަ އިންސެންޓިވްތައް ހުށަހެޅުއްވި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ފެންވަރުގައި މަޖިލީހުގެ ވަކި އަދަދެއްގެ ގޮނޑި މި ދެ ގިންތިއަށް ޚާއްޞަކޮށް، އެއީ ކައުންސިލްތަކުގެ އަންހެން ގޮނޑިތަކެކޭ އެއްފަދައިން ދައުރުން ދައުރަށް ބަދަލުވާ (rotate) ގޮނޑިތަކަކަށް ހެދިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނާއި އަންހެނުންނަށް ޤައުމުގެ ކަންކަމުގައި ބަސް ބުނެވޭނެ ގޮތް ނިޒާމުގެ ތެރޭގައި ކަށަވަރުކޮށްދިނުމަކީ އިޚްލާޞްތެރިކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށާއި، މިނިވަން ދުވަހުގެ ތަގްރީރުގައި އިޝާރާތް ކުރެއްވީ އެ މިނިވަންކަން ދިނުމުގެ ވާހަކައަށް ކަމަށް ރައީސް މުޢިއްޒު ތަކުރާރުކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަކީ ވަން ސްޓޮޕް އޮފީހެއް: ރައީސްޚަބަރު | ދުވަހެއް ކުރިންޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަޒުމް: ރައީސްޚަބަރު | ދުވަހެއް ކުރިން