logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަޒުމް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޯގަސްޓު 2026 - 18:42
ޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަޒުމް: ރައީސް

ޤައުމުދެކެ ލޯބިވާ، ދީނަށް ވަފާތެރި، އަދި ހަށިހެޔޮ މަސައްކަތްތެރި ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ އިސް ނިޔަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޤައުމަށް ޚިދުމަތްކުރާހިތްވާ، އަޚްލާޤީ ގޮތުން ރަނގަޅު ކުދިންތަކެއް މުޖުތަމަޢަށް ނެރުން ކަމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ހިންގާ "ދިވެހި ފަންނުވެރި ޚިދުމަތުގެ ޕްރޮގްރާމް" މިހާރަށްވުރެ ފުޅާކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އަހަރަކު 1,000 ކުދިން ތަމްރީނުކުރުމުގެ ކެޕޭސިޓީ އެބަހުއްޓެވެ. އަދި މި އަދަދު ކުރިއަށް އޮތް އަހަރުތަކުގައިވެސް ދަމަހައްޓައި، މަދުވެގެން 2,000 ކުދިންނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަށް ގިރިފުށީގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޢަޒުމަކީ، އަޅުގަނޑުމެންގެ ނިޔަތަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ޞިއްޙަތު ރަނގަޅު، ހަށިހެޔޮ، މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ކުދިންތަކެއް ބިނާކުރުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތަމްރީނު ނިންމާ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދޭކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ގިނަ އަދަދެއްގެ ކުދިން މިހާރުވެސް އެމް.އެން.ޑީ.އެފް، ޕޮލިސް އަދި އެހެނިހެން ޔުނީފޯމް ބޮޑީތަކާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާތަކަށް ނުކުމެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން، ސްކޫލް ނިޒާމުގެ ތެރެއިން 'ވޮކޭޝަނަލް ޕާތުވޭ' ތަޢާރަފުކޮށް، އެއްވެސް ކުއްޖަކީ ބާކީވާނެ ކުއްޖަކަށް ނުހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަލަށް ފެށި ލޯނު ސްކީމްގެ ދަށުން މަދުވެގެން 5,600 ޒުވާނުންނަށް ކުދި ވިޔަފާރިތައް ނުވަތަ 'ސްޓާޓްއަޕް' ތައް ފެށުމަށް މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ހުރިހާ މަސައްކަތްތަކަކީ ޤައުމުގެ މުސްތަޤްބަލަށާއި، ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށާއި އާއިލާތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަކީ ވަން ސްޓޮޕް އޮފީހެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޤައުމަށް ވަފާތެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަޒުމް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންލަފާ އަރުވާ މަޖިލީހުގައި 100 އަށްވުރެ ގިނަ ޢިލްމީ ފަންނީ ތަޖުރިބާކާރުންޚަބަރު | ގަޑިއިރެއް ކުރިންއޮޅުވައި ނުލައްވާ! ރައީސްގެ މިނިވަން ދުވަހުގެ ހިތާބުން ދެއްވީ ޤައުމީ ތަރައްޤީއާއި މުސްތަޤިއްލުކަމުގެ އައު ވަރުގަދަ ތަޞައްވުރެއްރިޕޯޓް | 2 ގަޑިއިރު ކުރިން