logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހު އައްޔަންކޮށްފި

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 09:48
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހު އައްޔަންކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މއ.އެރަލްސީ، އަޙްމަދު މަމްދޫހް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

އަޙްމަދު މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަޙްމަދު މަމްދޫހް މީގެ ކުރިން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕަމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައެވެ. އަޙްމަދު މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހު އައްޔަންކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއީޔޫއާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންމޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިން