logo
Bank of Maldives

Bank of Maldives

ޚަބަރު

15 ފަރާތަކަށް ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕް ދެނީ

އާމިނަތު ޝަފާ
26 ޖޫން 2025 - 11:56
15 ފަރާތަކަށް ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕް ދެނީ

ހުޅުމާލެ ހޮސްޕިޓަލް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދަށުން 15 ފަރާތަކަށް ފުރުޞަތު ދޭން ނިންމައި އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، މި އަހަރު ކުރިއަށް ގެންދާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވައިލާފައިވާ ކަމަށެވެ. މި ފަހަރު ފުރަސަތު ދެވޭނީ 15 ފަރާތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަރންޝިޕްގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުމެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައި ވަނީ، އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވައި ނިންމާ ދަރިވަރުންނަށް މެޑިކަލް އިންޓަރންޝިޕް ރާއްޖޭގެ ހުރިހާ ހޮސޕިޓަލްތަކުން އަންނަނީ ދެމުންނެވެ. މި ހާތަނަށް ދެ ބެޗެއްގެ ކުދިން ވަނީ ޑޮކްޓަރީކަން ކިޔަވައި ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލީ ކޮވިޑްތެރޭގައި، އެމްޑީޕީގެ ވެރިކަމުގައި ޚަބަރު | 7 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިޚަބަރު | މަހެއް ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 3 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | 3 މަސް ކުރިން