logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި

އައިމިނަތު މޫސާ
10 އޮކްޓޯބަރު 2025 - 14:29
ހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅުގެ ސަރޖަރީއެއް ކޮށްފިއެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް ސިއްހީ ދާއިރާއިންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ސިއްޙީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލުތަކުން ލިބޭ ފަރުވާގެ ފެންވަރު މަތިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް ބަލިން ފަސޭހަވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ކުރެވުނު އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަޖަރީއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސަޖަރީގެ ހިދުމަތް ރަސްމީކޮށް ފެށިގެން ދިޔަ ކަމަށް ހަލީމް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ބަލި މީހުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހަލީމް ވަނީ އަރުވާފައެވެ.

އިތުރުވަމުންދާ އާބާދީއެއް އޮންނަ ހުޅުމާލޭގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު ހިދުމަތްތައް ގާއިމުކޮށް ޒަމާނީ ވަސީލަތްތައް ފަރުވާގައި ބޭނުންކުރަން ފެށުމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު މަތިކުރުމަށްވެސް ހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުން ހިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހޮސްޕިޓަލަށް އިތުރު 10 ބުރީގެ ޢިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލީ ކޮވިޑްތެރޭގައި، އެމްޑީޕީގެ ވެރިކަމުގައި ޚަބަރު | 7 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިޚަބަރު | މަހެއް ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 3 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | 3 މަސް ކުރިން