logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން 400 މީހުން މަރުވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 ނޮވެމްބަރު 2024 - 03:42
ބަންގްލަދޭޝްގައި ޑެންގީގެ ބަލިމަޑުކަން ގިނަވަނީ : ފޮޓޯ/ ރޮއެޓާސް
ބަންގްލަދޭޝްގައި ޑެންގީގެ ބަލިމަޑުކަން ގިނަވަނީ : ފޮޓޯ/ ރޮއެޓާސް

ބަންގްލަދޭޝްގައި ޑެންގީގެ ބަލިމަޑުކަން ފެތުރި، އެ ބަލީގައި 400 މީހުން މަރުވެއްޖެއެވެ.

 އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ޑެންގީ ބަލި ފެތުރެމުން ދަނީ އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ އިތުރުން ވިއްސާރަ މޫސުން ދިގުލައިގެން ދިޔުމާ ގުޅިގެން ކަމަށް ބެލެވެއެވެ. އެންމެ ހަލުވިކޮށް ބަލި ފެތުރެމުން ދަނީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަރައްޤީވެފައިވާ ސިޓީތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑެންގީ ޖެހިގެން މިއަހަރުގެ މިހާތަނަށް 407 މީހުން މަރުވެފައިވާއިރު، 78595 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ބަންގްލަދޭޝްގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.

މި މަހުގެ މެދުތެރޭއާ ހަމައަށް 4،173 މީހުންނަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 1،835 މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެރިރަށް ޑާކާގައެވެ. ބާކީތިބި 2،338 މީހުންނަށް އަންނަނީ އެހެން ހިސާބުތަކުގައި ފަރުވާދެމުންނެވެ.

1960ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝުން ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އޭގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ 'ޑެންގީ ހެމޮރެޖިކް ފީވަރ' ޢާންމުކޮށް ފެތުރެން ފަށާފައިވާ ކަން ރިޕޯޓު ކޮށްފައި ވަނީ 2000ވަނަ އަހަރުއެވެ. މީގެ ކުރިން ޑެންގީ ހުން ޢާންމުވެފައި ވަނީ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައެވެ. ނަމަވެސް، ފަހަކަށް އައިސް ފިނި މޫސުމުގައި ވެސް ބަންގްލަދޭޝުން މި ބަލީގެ ކޭސްތައް ފެންނަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ހުއްޓާލައިފިދުނިޔެ | މަހެއް ކުރިންކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާޚަބަރު | 2 މަސް ކުރިންބަންގްލަދޭޝްގައި ނުރައްކާތެރި ދެ ބައްޔެއް ފެތުރެނީ ދުނިޔެ | 2 މަސް ކުރިންބަންގްލަދޭޝްގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ފަށައިފި ޚަބަރު | 4 މަސް ކުރިން