logo
ޚަބަރު

ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ

އާމިނަތު ޝަފާ
19 ނޮވެމްބަރު 2024 - 12:26
ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައި އައު ހެކިތައް ބަލައިގަތުމާއި ގުޅޭބައި ސުޕްރީމް ކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ މާދާމާގެ ހެނދުނުގެ 09:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އަލުން އެމައްސަލަ ބަލާއިރު ދައުލަތުން ހުށަހަޅާފައިވާ އައު ހެކިތަަކަށް ބުރަދަން ނުދޭން ހައިކޯޓުން ހުކުމް ކުރުމުން ދައުލަތުން މައްސަލަ ވަނީ އިސްތިއުނާފުކޮށްފައެވެ.

އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބުނެ ހެކިތައް އެއް ފަރާތްކުރުމަށް ހައިކޯޓުން އެންގުމުން މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުޞަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ޕީޖީއިން ސުޕްރީމު ކޯޓުގައި އެދިފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިންގެ އަމަލުތައް ހިންގެވިކަމުހެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމެވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީންގެ އިތުރު އިއުތިރާފެއް: "ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު"ޚަބަރު | 16 ދުވަސް ކުރިންއެންމެފަހުން ޔާމީނަށް އެމްޑީޕީ ކަމުގޮސް ކީހާ ޅެން ފަރިއްސަށްރިޕޯޓް | 18 ދުވަސް ކުރިންޔާމީންގެ 5 މިލިއަން ޑޮލަރުގެ އިއުތިރާފު ފެތެނީ ޤާނޫނީ ގޮޅިއަކަށްރިޕޯޓް | 22 ދުވަސް ކުރިންޔާމީން ވަނީ ނުފޫޒު ފޯރުވާފަވާކަމަށް އަމިއްލަ ބަހުން އިޢުތިރާފުވެފައި: ޝުޖާއުޚަބަރު | 2 މަސް ކުރިން