logoEN
ދުނިޔެ

އިންޑިޔާ ގެ މަހުޖަނު ގޯތަމް އަދާނީއަށް މަކަރާ ހީލަތުގެ ދައުވާއެއް

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ--- ފޮޓޯ/ރޮއެޓާސް

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ--- ފޮޓޯ/ރޮއެޓާސް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

21 ނޮވެމްބަރު 2024 - 06:15

އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް 265 މިލިއަން ޑޮލަރުގެ ރިޝްވަތު ސްކީމެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމެރިކާގެ ޕްރޮސެކިއުޓަރުން ކޮށްފި.

ކަމާބެހޭ އިދާރާތަކުން ބުނީ ގޯތަމް އާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮ ސާގަރު އަދާނީ ހިމެނޭ ގޮތަށް އިތުރު ހަތް މީހަކު ވަނީ 20 އަހަރު ތެރޭގައި ދެ ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ބެލެވޭ ކޮންޓްރެކްޓްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ގާތްގަނޑަކަށް 265 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމަށް އެއްބަސްވެފައެވެ. އެއާއެކު އިންޑިއާގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓު މަޝްރޫއު ތަރައްގީކުރުމަށް ރާވައިފައިވާ ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

އަދި ގޯތަމްއާއި ސާގަރުގެ އިތުރުން އަދާނީ ގްރީން އެނާޖީގެ އެހެން އެގްޒެކެޓިވްއެއް ކަމަށްވާ ކުރީގެ ސީއީއޯ ވްނީތު ޖައިން ވަނީ ލޯނު ދޫކުރާ ފަރާތްތަކާއި އިންވެސްޓަރުންގެ އަތުން އޮޅުވާލައިގެން ތިން ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ލޯނާއި ބޮންޑް ހޯދާފައި ކަމަށް ވެސް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ގޯތަމް އާއި އޭނާގެ ދައްތަ ސަގަރް އަދާނީ ހައްޔަރު ކުރުމަށް ބޭރުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ޕްރޮސެކިއުޓަރުން ތައްޔާރުވަމުން އަންނައިރު، އެ ދެ މީހުން ހައްޔަރު ކުރަން ވަނީ ނިންމައިފަ އެވެ. ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ވަނީ އަދާނީންނަށް ޖޫރިމަނާކޮށް ދާއިމީ ގޮތެއްގައި މަނާކުރުމަށް އެދި ޕެރަލަލް މަދަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ފޯބްސް މަޖައްލާއިން ބުނާ ގޮތުން އުމުރުން 62 އަހަރުގެ އަދާނީގެ މިލްކިޔާތު 69.8 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާ އަކީ އެމެރިކާގައި ޖިނާއީ ކުށެއްކޮށްފައިވާ ކަމަށް ރަސްމީކޮށް ތުހުމަތު ކުރެވޭ މަދު ބިލިއަނަރުންގެ ތެރެއިން އެކަކެވެ.

ގޯތަމްއަކީ ދުނިޔޭގެ 22 ވަނައަށް އެންމެ މުއްސަނދި މީހާ، އަދި ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާ މުކޭޝް އަމްބާނީއަށްފަހު އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނެއެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް އުފަން ގޯތަމް އަދާނީ ގްރޫޕް އުފެއްދީ 1988 ވަނަ އަހަރުއެވެ. އޭގެފަހުން ވިޔަފާރީ ފުޅާކޮށް ކުރި މަސައްކަތުން މިހާރު އެ ކުންފުންޏަކީ އެއާޕޯޓްތަކާއި ޝިޕިން ބަނދަރުތަކާއި ކަރަންޓް އުފެއްދުމާއި ހަކަތަ ޓްރާންސްމިޝަން އަދި މައިނިން ކުންފުނިތައް ހިމެނޭ ބޮޑު ކުންފުންޏެކެވެ.

ކޮމެންޓް

871x217_placeholder