logoEN
ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 ނޮވެމްބަރު 2024 - 14:46

ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަނީ އަޙްމަދު ފާރިޝް، ތ. ބުރުނި / އަހިމާގެ (36އ)އެވެ. މީނާ ހޯދާ ބޭނުމެއް ކަމަށް ފުލުުުހުން ވިދާޅުވެފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާން ކުރީ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެންބަރު 28 ވަނަ ދުވަހުގެ 10:00 އަށް ހާޟިރުވުމަށް ވަނީ އަންގާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder