logoEN
ޚަބަރު

އަމާޒަކީ ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު އެންމެ ޒަމާނީ ތައުލީމު ފޯރުކޮށްދިނުން - ޑރ. މާރިޔާ

މަތީ ތައުލިމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ, ފޮޓޯ--/ މޯލްޑިވްސް ޕޮލިސް ސާވިސް

މަތީ ތައުލިމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ, ފޮޓޯ--/ މޯލްޑިވްސް ޕޮލިސް ސާވިސް

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

21 ނޮވެމްބަރު 2024 - 18:00

އަމާޒަކީ ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު ތައުލީމު ފޯރުކޮށްދިނުންކަމަށް މަތީ ތައުލިމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ޑރ. މާރިޔާ މިފަދައިން ވިދާޅުވީ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. މާރިޔާ ވިދާޅުވީ ހާއްސަކޮށް އަންހެން ފުލުހުންނާއި ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންނަށް މިފަދަ ފުރުސަތުތައް ލިބެމުންދާނެ މަގުތައް ތަނަވަސް ކޮށްދިނުމަށް ދަނީ ގަދައަޅާ މަސައްކަތް ކުރަމުން ކަމަށެވެ.ކުރިމަގުގައި ބައިނަލް އަގުވާމީ ފެންވަރުގެ ޔުނިވާސިޓީތަކާއި ގުޅިގެން އިތުރުތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށާއި ސައިބާ ކުށްތަކާއި ޑިޖިޓަލް ފޮރެންސިކްސް ފަދަ ޒަމާނީ ދާއިރާތައް މަންހަޖުގައި ހިމެނުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރައީސުލް ޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވި ފަދައިން އަޅުގަނޑުމެންގެ ގައުމުގައި އެކަށީގެންވާ ތައުލީމެއް ނެތުމުގެ ސަބަބުން ވަޒީފާގެ ފުރުސަތު ނެތި ޑްރަގާއި އެކި ކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް ގެނބި ދިރިއުޅުން ވިއްސި ވިހާލިވަމުންދާ އެތައް ސަތޭކަ ޒުވާނުންނެއް މިދަނީ މުޖުތަމައުގައި އިތުރުވަމުން . މިއީ އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް . މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ވަނީ ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފަ. އޭގެތެރޭގައި ފުލުހުންގެ ހިދުމަތްތައް ފުޅާކުރުމާއި ކުރިޔަށް އޮތް ހަތަރު އަހަރު ތެރޭގައި އެއްހާސް ފުލުހުހުން އިތުރުކުރުން ހިމެނޭ. "

ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ދިވެހި ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގާނޫނަކުން ބާރު ލިބިގެން ނެޝަނަލް ސާވިސެސްގެ ގޮތުގައި ގައުމީ ޕްރޮގްރާމެއް ހިންގަމުން ގެންދިއުމަށެވެ.

މި ޕްރޮގްރާމް ބޮޑަށް ފޯކަސް ކުރެވިފައިވަނީ އުމުރުން 16 އަހަރު ވުމަށްފަހު އޯލެވެލް ނިންމާފައި މަތީ ތައުލީމުގެ ފުރުސަތު ހޯދަން ބޭނުންވާ ކުދިންނާއި ވަޒީފާ ނުލިބޭ ކުދިންނަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder