ހާޝިމް ގޭގައި ބަހައްޓާފައި ހުރީ ވަގުތީގޮތުން ޑޮކްޓަރުގެ ލަފަޔާއިއެކު: ކަރެކްޝަންސް


22 ނޮވެމްބަރު 2024 - 18:59
ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވައިގެން، މިނިވަންކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުގެ ހަގީގަތް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން މިރޭ ހާމަކޮށްދެއްވައިފިއެވެ.
މި ޚަބަރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ، ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ އަމަލު ހިންގައިގެން ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލި ކަމަށްބުނެ، ސޯޝަލް މީޑިއާގެ ބައެއް އެކައުންޓުތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގެއް ކަމަށެވެ. އަދި އެކަމުގެ ޙަޤީޤަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ހާމަކުރައްވާފަކަމަށެވެ.
މިކަމާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ވިދާޅުވީ، ހާޝިމަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެއްކަމަށެވެ. އަދި އެއިރު ވެސް އޭނާ އައީ އުނަގަނޑުގެ މައްސަލައެއް ހުރެ އެކަމުގެ ވޭން ތަހައްމަލުކުރަމުން ކަމަށެވެ.
އެބަލީގެ ސަބަބުން އޭނާ ހަދަންޖެހޭ ސަރޖަރީ ރާއްޖޭގައި ކުރެވެން ނެތުމުން، އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދެއްވުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމިކަމަށް އެބަޔާނުގައި ވެއެވެ. އެ ނިންމުމުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފުރައި، ބޭސްފަރުވާއަށްފަހު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަނބުރާ ރާއްޖެ އައިސްފައިވާކަމަށް ކަރެކްޝަންސް އިން ބުނެފަވެއެވެ. އަދި އޭނާގެ ބަލި ޙާލު ހުރިގޮތުން ޖަލުގައި ހުރެގެން ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުގެ މަތިން ފަރުވާ ކުރިއަށް ނުގެންދެވޭނެތީ، ވަގުތީގޮތުން ޙުކުމް ތަންފީޒުކުރުމަށް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.
ކަރެކްޝަންސް އިން ވިދާޅުވީ، އޮންނަ އުސޫލުގެ ދަށުން އޭނާ މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ކަރެކްޝަންގެ މުވައްޒަފުން ޕެޓިޝަން ހުށަހެޅީ އެކަމުގެ މަސައްކަތް ކުރިއަށްދަނިކޮށް
9 މަސް ކުރިން
ހިޔާނާތުގެ ތުހުމަތު ކުރެވުނު އާސިފް ސަސްޕެންޑްކޮށްފި
8 މަސް ކުރިންފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި
7 މަސް ކުރިން.jpg&w=3840&q=75)