logo
E-Platinum
ޚަބަރު

ބައިނަލްއަގްވާމީ 43 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2024 - 12:38
ބައިނަލްއަގްވާމީ 43 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރޭ

ބައިނަލްއަގްވާމީ 43 އެއާލައިނަކުން ރާއްޖެ އަށް ދަތުރުކުރަމުން އަންނަކަމަށް  ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުގައި ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު 43 އެއާލައިނަކުން ދިޔައީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ

މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 23 ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުން އަންނަކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފަވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،242 ތަނެއް އޮޕަރޭޓް ކުރަމުން އަންނައިރު، މީގެ ތެރޭގައި 171 ރިސޯޓާއި 903 ގެސްޓްހައުސް އާއި 154 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މުރަކަތައް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންއެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި އިންޑިޔާގެ ކާޖޮލްޚަބަރު | 2 މަސް ކުރިންރާއްޖެއަަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 8 ޕަސެންޓަށް އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންމިއަހަރު 9 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިޚަބަރު | 3 މަސް ކުރިން