logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 8 ޕަސެންޓަށް އިތުރުވެއްޖެ

ރާއްޖެއަަށް ފަތުރުވެރިން ޒިޔާރަތްކުރި  އަދަދު  8 ޕަސެންޓަށް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށް ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 938،488 ( ނުވަލައްކަ ތިރީސް އަށްހާސް ހަތަރުސަތޭކަ އަށްޑިހައަށެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 69،953 ފަތުރުވެރިން އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 110711 ފަތުރުވެރިން އައިސްފައިވާ އިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން އެއީ 101318 ފަތުރުވެރިނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުުވެރިން އައި އިނގިރޭސި ވިލާތުން އައިސްފައިވަނީ 96275 ފަތުރުވެރިންނެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ:

  • އިޓަލީ - 80،660 ފަތުރުވެރިން
  • ޖަރުމަނު - 71،973 ފަތުރުވެރިން
  • އިންޑިއާ - 52،580 ފަތުރުވެރިން
  • ފްރާންސް - 33،738 ފަތުރުވެރިން
  • އެމެރިކާ - 29،508 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 21،623 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 17،060 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 841 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރިން އަދަދު 1.3 މިލިއަނަށް، ގިނައީ ޒުވާން އަންހެނުންޚަބަރު | މަހެއް ކުރިންރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިޚަބަރު | މަހެއް ކުރިންމަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޚަބަރު | މަހެއް ކުރިން