އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި އިންޑިޔާގެ ކާޖޮލް
.jpeg&w=3840&q=75)

07 ޖޫން 2025 - 12:54
ރާއްޖޭގެ މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖޮލް ސިންގް ހޮވިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ކާޖޮލް ސިންގްއަކީ އިންޑިޔާގެ ޕަޓްނާގެ ރައްޔިތެކެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ފިރިމީހާއާއެކު ބަނޑޮސް އައިލެންޑް ރިސޯޓުގައި ޗުއްޓީއެއް ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ އިންޑިޔާގެ އެއަރލައިނެއް ކަމަށްވާ އިންޑިގޯއިންނެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި އެމްއެމްޕީއާރްސީގެ ވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި އެއް މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ހަމަވި ފަހަރެވެ.
މިދިޔަ އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހަމަވެފައިވަނީ ޖޫން 27 ގައެވެ. ނަމަވެސް މިއަހަރު އެ އަދަދު ހަމަވެފައިވަނީ އޭގެ ދެ ހަފްތާ ކުރިންނެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރަމުންދާކަމެވެ.
އިންޑިޔާއަކީ މިވަގުތު ރާއްޖެއަށް ހަވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކޮންމެ މަހަކުވެސް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔަ މަހު 198،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަރުވަން ސިނާއަތުގެ ޚިދިމަތްތެރީންނާއި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު
އަހަރެއް ކުރިން
ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
އަހަރެއް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
10 މަސް ކުރިން