logo
ޚަބަރު

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.5 މިލިއަނަށް

ޝަހްޒާ މުހައްމަދު
8 ސެޕްޓެމްބަރު 2025 - 05:19
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،520،699 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،386،554 ފަތުރުވެރިންނަށްވުރެ 134،145 ފަތުރުވެރިން 9.7 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ގަދަ 10 ގައުމުން މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ގިނަ ފަތުރުވެރިން ޒިރާތްކުރި ގައުމުތައް:

  • ޗައިނާ - 240,828 ފަތުރުވެރިން
  • ރަޝިއާ - 182,315 ފަތުުރުވެރިން
  • އިނގިރޭސިވިލާތް - 136,619 ފަތުުރުވެރިން
  • އިޓަލީ - 107,736 ފަތުުރުވެރިން
  • ޖަރުމަނު - 104,764 ފަތުުރުވެރިން
  • އިންޑިއާ - 87,410 ފަތުުރުވެރިން
  • އެމެރިކާ - 44,418 ފަތުުރުވެރިން
  • ފްރާންސް - 41,477 ފަތުުރުވެރިން
  • ސްޕެއިން - 35,463 ފަތުުރުވެރިން
  • އޮސްޓްރޭލިއާ - 27,916 ފަތުރުވެރިން

އެންމެގިނަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓްތަކަށެވެ.

ފަތުރުވެރިންގެ އާދަދަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކެވެ. ޖުމްލަ ފަތުރުވެރިންގެ 73.4 އިންސައްތަ (1,116,492 ފަތުރުވެރިން) ރިސޯޓުތަކަށް ވަނީ އައިސްފައެވެ.

  • ރިސޯޓުތައް: 1,116,492 ފަތުރުވެރިން (ޖުމްލައިގެ 73.4%)
  • ގެސްޓްހައުސްތައް: 332,328 ފަތުރުވެރިން (ޖުމްލައިގެ 21.9%)
  • ހޮޓެލްތައް: 39,610 ފަތުރުވެރިން (ޖުމްލައިގެ 2.6%)
  • ސަފާރީ އުޅަނދުފަހަރު: 31,176 ފަތުރުވެރިން (ޖުމްލައިގެ 2.1%)
  • އެހެނިހެން ތަންތަން: 1,094 ފަތުރުވެރިން (ޖުމްލައިގެ 0.1%)

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގައި ޖުމްލަ 1,267 ފަތުރުވެރިކަމުގެ ވަސީލަތް ހިނގަމުންދާއިރު، އެ ތަންތަނުން ޖުމްލަ 66,551 އެނދުގެ ކެޕޭސިޓީ ހުރެއެވެ.

  • ރިސޯޓާއި މެރީނާ: 183 ތަން (45,289 އެނދު)
  • ހޮޓެލް: 16 ތަން (2,484 އެނދު)
  • ގެސްޓްހައުސް: 907 ތަން (15,522 އެނދު)
  • ސަފާރީ އުޅަނދުފަހަރު: 161 އުޅަނދު (3,256 އެނދު)

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.5 މިލިއަނަށްޚަބަރު | 7 ދުވަސް ކުރިންމިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 10 ދުވަސް ކުރިންގްރީން ކްލައިމެޓް ފަންޑުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫޢު ރަސްމީކޮށް އިޢުލާންކޮށްފިޚަބަރު | 16 ދުވަސް ކުރިން