logo
MPL

MPL

ޚަބަރު

މިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިން

ޝަހްޒާ މުހައްމަދު
5 ސެޕްޓެމްބަރު 2025 - 05:11
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް ހިފާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,496,563 ފަތުރުވެރިންނެވެ. މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށްޓަކައި، ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ދުވާލަކު 6,695 ފަތުރުވެރިން ރާއްޖެއަށް އަންނަންޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވާތީ، މި އަދަދަށްވުރެ އިތުރަށްވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 235,725 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިއާ އިން އައީ 178,269 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން 134،376 ފަތުރުވެރިނ އައި އިރު އިޓަލީވިލާތުން 106،855 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ފަސް ވަނައިގައި އޮތް ޖަރުމަނުވިލާތުން ވަނީ 102،932ޒިޔާރަތްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 3 ދުވަސް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | 4 ދުވަސް ކުރިންއިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށްޚަބަރު | 8 ދުވަސް ކުރިން"އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި ތޮއްޑޫގެ ފަތުރުވެރިކަން ރަޝިއާ އަދި ކަޒަކިސްތާނުގައި އިޝްތިހާރުކޮށްފިވިޔަފާރި | 11 ދުވަސް ކުރިން