logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 ނޮވެމްބަރު 2024 - 05:22
އދ. ގައި ބައިވެރިވެޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، ފަލަސްތީނުގެ ރައީސް އައްބާސް މަޙްމޫދްއާ އެކު ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އދ. ގައި ބައިވެރިވެޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، ފަލަސްތީނުގެ ރައީސް އައްބާސް މަޙްމޫދްއާ އެކު ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގައި ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ޣައިރު ގާނޫނީ ދައުލަތުގެ ވެރިން، ޖަވާބުދާރީކުރުވަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާތުގައި ސޯޝަލް މީޑީޔާއަށް ދޫކުރެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ފަލަސްޠީނަށް ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި، ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމަށެވެ

އެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ކޮންމެ ރައްޔިތެއްގެ ޖިހާދަކީ، ކޮންމެ ދިވެއްސެއްގެ ވެސް ޖިހާދު ކަމަށާއި، ފަލަސްތީނުގައި ޣައުރި ގާނޫނީ ގޮތުން ވަޒަންވެރިވެފައިވާ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައު އެކަތިގަނޑަކަށް ވާން ޖެހޭ ކަމުގައެވެ.

"ބައިނަލްއަޤްވާމީ މުޖުތަމަޢު އެކަތިގަނޑަކަށްވެ، އިސްރާއީލުގެ ޣައިރު ޤާނޫނީ ބާރުތައް ވަގުތުން ހުއްޓުވައި، ހަނގުރާމައިގެ ޖަރީމާތަކާއި ޖަރީމާތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައި، އެޤައުމުގެ ހުރިހާ ސިޔާސީ އިޚްލާޞްތެރިކަމާއި އިޤްތިޞާދީ ބާރުގެ ބޭނުން ހިފުމަށް ގޮވާލަމެވެ،" އިނގިރޭސިބަހުން ކުރެއްވި މެސެޖުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ފަލަސްތީނަކީ މިނިވަން އަދި އިސްތިޤްލާލު ގައުމެއްގެ ގޮތުގައި ގާއިމްކުރެވި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ އެޤައުމުގެ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ތަސްދީޤުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާޚަބަރު | 7 ގަޑިއިރު ކުރިން ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | ދުވަހެއް ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | ދުވަހެއް ކުރިން