logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
29 ނޮވެމްބަރު 2024 - 11:32
ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ އެތެރޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ވޯލްޑް ބޭންކުގެ އެހީގައި ކުރެވުނު ދިރާސާގެ ހޯދުންތައް ހިއްސާކުރުމަށް މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ހިމެނޭ އެކި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއްކަމަށާއި މި ބައްދަލުވުމުގައި ވޯލްޑް ބޭންކުގެ ފަރާތުން ކުރެވުނު ދިރާސާގެ މުހިންމު ހޯދުންތައް ހިއްސާކުރެވުނުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރާސާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެތެރޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީކުރުމުގެ ފުރުސަތުތައް ދެނެގަތުންކަމަށާއި މި ދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވުނުކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ފަރާތްތައް ބައިވެރިވިއެވެ.

މި ދިރާސާގެ ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 މިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 1 މިލިއަން ގަސް އިންދައިފިޚަބަރު | 12 ދުވަސް ކުރިންފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 9 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފިޚަބަރު | 16 ދުވަސް ކުރިން ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 3 މަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | 3 މަސް ކުރިން