logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑް ބީއެމްއެލް އިން ތައާރަފްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ނޮވެމްބަރު 2024 - 01:33
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑް ބީއެމްއެލް އިން ތައާރަފްކޮށްފި

ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ތައާރަފްކޮށްފި އެވެ.

މި ކާޑު ފަރުމާކޮށްފައި ވަނީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލްގެ ޝަރީއާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑުގެ ތެރޭގައި ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ހިމެނެއެވެ.

މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރުމަށް ފަސޭހަކަމާއި އެކު މި ކާޑު ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ވެސް ބައިވެރިވެނެއެވެ. މިގޮތުން ހޯދާ ޕޮއިންޓުން ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗަ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު، އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ. މިގޮތުން ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފްކޮށްފަ އެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއްވިޔަފާރި | 8 ދުވަސް ކުރިންއައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާންޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިވިޔަފާރި | 8 ދުވަސް ކުރިންދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 10 ދުވަސް ކުރިން