logoEN
ޚަބަރު

65 އަހަރު ފުރޭ ކޮންމެ މީހަކަށް 5000 ރުފިޔާ ލިބޭނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

01 ޑިސެމްބަރު 2024 - 12:16

މިހާރުވެސް ދެމުން އަންނަ ގޮތަށް 65 އަހަރު ފުރޭ ކޮންމެ މީހަކަށް 5000 ރުފިޔާ ދޭނެ ކަމަށް ޔަޤީންކަން ސަރުކާރުން ދީފިއެވެ.

ސަރުކާރުން މި ޔަޤީންކަން ދީފައިމިވަނީ ޕެންޝަން ނިޒާމަށް ސަރުކާރުން ގެންނަވާ ބަދަލުތަކުގެ ތެރެއިން 65 އަހަރުފުރުމުން ސަރުކާރުންދޭ އިނާޔަތް ނުދިނުމަށް ނިންމަވާފައިވާފަދަ މޭރުމަކުން ސޯޝަލް މީޑިޔާގައި އެކިއެކި ވާހަކަތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ޢުމުުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމަކީ 65 އަހަރުފުރުމުން ސަރުކާރުންދޭ 5،000 ރުފިޔާގެ އިނާޔަތެވެ. މި އިނާޔަތް ދޭ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން އިނާޔަތް ޙައްޤުވާ އެއްވެސް ފަރާތަކަށް އިނާޔަތް ކަނޑައެއްނުލާނެއެވެ.

މި ސްކީމަށް ސަރުކާރުން ގެންނަ ބަދަލަކީ ހައްގުވެރިންނަށް ދައުލަތުން އިނާޔަތްދިނުމެވެ. މުއްސަނދިންނަށް ދައުލަތުން ދެމުން އައި އިނާޔަތް ހުއްޓާލުމެވެ. މީގެ ސަބަބުން މިލްކިއްޔާތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނަ މުއްސަނދިންނަށް ސަރުކާރުން ދެން އިނާޔަތެއް ނުދޭނެއެވެ.

އަމިއްލަ ރިޓަޔަމެންޓް ސްކީމް ހިންގާ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމީ ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވާ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މާލީ ނިޒާމު ހަރުދަނާ ކުރުމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން އަމިއްލަ ރިޓަޔަމެންޓް ސްކީމު ހިންގާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އަދަދު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށް ސިޓީގައިވެއެވެ.

މިގޮތަށް ނިންމި ނަމަވެސް މިމަހުގެ 31 ގެ ނިޔަލަށް ވަޒީފާއިން މުސްކުޅިވެ މަހުން މަހަށް އިނާޔަތް ލިބެމުންދާ މުއައްޒަފުންނަށް އެއްވެސް ބަދަލެއް ނައިސް މަހުންމަހަށް ލިބެމުންދާ އިނާޔަތްތައް ލިބޭނެކަމަށް ސިޓީގައިވެއެވެ.އެ މިނިސްޓްރީން ބުނީ އަސާސީ ޕެންޝަން ނިޒާމުގެ ބޭރުން ވަކިވަކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ކަމަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder