logoEN
ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 ޖެނުއަރީ 2025 - 13:56

މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއެކު ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ހިމެނެ އެވެ.

ޕެންޝަން އޮފީހުން މިއަދު ސަރުކާރުގެ ގެޒެޓުގައި ކުރީ އިއުލާނެއްގައި ބުނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 2 މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާ ކަމަށެވެ.

އަދި ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder